އިސްލާހު ވާނީ އިސްލާހައް މަސައްކަތް ކުރާ ބަޔަޔަކަށް
އިސްލާހު ކުރުމުގެ ވާހަކަޔަކީ ސުކޫލު ދައުރުއްސުރެން ކޮންމެ ދިވެހި ރައްޔިތެއްގެ ކަންފަތުގައި ޖެހެމުން އަންނާނެ އަޑެކެވެ. އަދި ހަމަ އެހެންމެ މިހާރު މި ދިވެހި މުޖުތަމަޢުގައިވެސް އިވެމުން އަންނަ އަޑެކެވެ. ބަޔަކު ތަނަކައް އެއްވިޔަސް އެއްވަނީ ދީނީ ކަންކަން ގޯސްވެގެން އިސްލާހު ކުރާށެވެ. ނޫނީ ސަރުކާރުގެ ކަންކަން ހިނގާ ގޮތް ގޯސްވެގެން އިސްލާހު ކުރާށެވެ. މިހެން މި ކަންކަން ހިނގާއިރުވެސް އިސްލާހުވަނީ ކޮން ކަމެއް ބާވައެވެ. ދީީ ގޮތުން ކަންކަން ރަނގަޅުކުރުމައް ތިބި މީހުން ތިބީ އެ ކަންކަމުގައިވެސް ހައްދުފަހަނަ އަޅާފައެވެ(އިސްލާހައް މަސަކަތް ކުރާ މަދުބައެއް މެނުވީ.) މިހެން މި ދަންނަވަންޖެހުނީ ކަންކަމުގައި ހުދޫދާއި ހަމަޔާއި ލަމަޔާ އޮވެއެވެ. ހުދޫދުން ނެއްޓީމައި ދެއް އެއެޅީ ހައްދު ފަހަނައެވެ. މިހާރު ފެންނަމުންދާ މަންޒަރަކީ ދީނީ ކަމެއްގައި ގައުމުގު ވެރިޔާ ނުކިއްސަރު ގޮތަކަށް ބަހެއް ބުނެފި ކަމުގައި ވެއެޖެނަމަ އިދިކޮޅު ހުރިހާ މީހުންނަކީ އައްޝެއިހުންނެވެ. ގީއެސްޓީ ނުވަތަ އިކޮނޮމިކް ކަމަކާއި ބެހޭގޮތުން އެއްޗެއް ބުނެއްޖެނަމަ ދެންތިބި އެންމެން އިކޮނޮމިސްޓުންނަށް ބަދަލުވެއެވެ. ސިޔާސީ ކޮންމެ އިލެކްޝަނަކާއި ގުޅިގެން ދިވެހި ރައްޔިތުން ޕޮލިޓީޝަނުންނަށް ބަދަލުވެއެވެ. މިހެން ވުމުން އިސްލާހުގެ ބަދަލުގައި އުފެދޭނީ ފިތުނައެވެ. ކަމެއް ހިނގާގޮތްނޭގި ބުންޏޭ ބުންޏޭ ކިޔަިގެން އިވޭ ވާހަކަތައް އެއްފަރާތްކޮށް ލިބެންހުރި ިނަވަރަކުން ތިމާމެން އަމިއްލަޔަށް ކަންކަން ހިނގާ ނުހިނގާގޮތް ބަލާ އެއަށްފަހު އެކި އެކި ކަންކަމުގައި އިސްލާހަށް ނުކުންނާށެވެ. އަދި ހަމަ އެހެންމެ މިސަރުކާރައް ތާއީދު ކުރިކަމުގައި ވީނަމަވެސް މިސަރުކާރުގައިވެސް ރަނގަޅުނޫންގޮތުގައި ހިނގާ ކަންކަން ހުނަނާނެއެވެ. ސަބަބަކަށްވަނީ ސަރުކާރެއް ހިނަގުމުގައޔާއި އެހެނިހެން ހުރިހާ ކަމެއްގައިވެސް މަސައްކަތް ކުރަނީ އިންސާނުންކަމުގައިވާތީއެވެ. ނަމަވެސް އިންސާނުން ކުރާކަންކަމުގައި ހުންނަ ކުނޑި ފިލުވުނަށް ކޮންމެ ފަހަރަކު މުޒާހަރާއެއް އެތައްބައިވަރު ލާރިއެއް ހަރަދުކޮށްގެން ބޭއްވުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ރީތި އުސޫލަކީވެސް ހަމަ އިސްލާމްދީނުގައި އޮތް ކަމެކެވެ. ނަމަވެސް އެ ރީތި އުސޫލު ބޮލާލާ ޖަހާފައި އެކަމުގައި އޮތް އެންމެ އިސްރާފު އަދި ބޭކާރު ގޮތް ނަގައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. ވެރިކަމަކީ މާތް ރަސްކަލާނގެ އެކަލާނގެ އިހްތިޔާރުގައިވާ އިންސާނަކަށް އިމްތިހާނެއްގެ ގޮތުން ދެއްވާ އެއްޗެކެވެ. އެކަން އެމީހެއްގެ އަތުން ނެގުމުގެ އިހްތިޔާރުވެސް ވަނީ އެކަލާނގެ ހަޞްރަތުގައެވެ. އަދި އެ ވެރިކަން އެހެން އިންސާނަކަށް ދިނުންވެސް ވަނީ އެ ކަލާނގެ ހަޞްރަހުގައެވެ. ވެރިކަން ބޭނުމިއްޔާ ކެއްކޮއްލައިގެން މި ވެރިކަން ނިމެންދެން މަައިތިރިވާށެވެ. ހުހް