ނެޓްބޯޅަ ޕްރެކްޓިސް
ރަމަޞާން މަހަށްފަހު ވީޑްސް ގެ ފަރާތުން ބޭއްވުމަށް ހަމަޖައްސާފައިވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތަށް ވަރަށް ގިނަ ތައްޔާރީ ތަކެއް ޓީމްތަކުން ދަނީ ވަމުންނެވެ. އެގޮތުން މި ރަމަޞާން މަސް އައުމާއިގުޅިގެން ބައިވެރިވާ ހުރިހާ ކުލަބަކުން ވަނީ ލައިޓްޖަހާ ރޭގަނޑު ކުޅެވޭނޭ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން މިހާރު ޕްރެކްޓިސް ކުރަމުން ދާޓީމްތަކަކީ ހިއާލީ ސްޕޯޓްސް ކުލަބު، ކުލަބް ވެލިދޫ ފްރެންޑްސް، ވެލިދޫ ޔޫތް ކުލަބު އަދި މިސްޓްރިކް އެވެ. ނަމަވެސް ފާހަގަ ކޮއްލެވޭކަމަކީ ގިނަޓީމްތަކުން މި ރޯދަމަސް އައުމާއިގުޅިގެން ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ޕްރެކްޓިސް އަށް ބުރޫ އަރާ މަންޒަރެވެ. ނަމަވެސް މިއީ މިކަހަލަ ކަމެއް އަލަށް ކުރަން ޖެހުމުން ދިމާވާ މައްސަލަޔަކަށްވުން ގާތެވެ.ފ
Categories: Uncategorized