ވެލިދޫގައި ގިނަ ކުލަބު ޖަމްއިއްޔާތަކެއް އުފެދުމުން ރައްޔިތުންނަށް ވާނީ ފައިދާއެވެ.
މިހާރު ވެލިދޫގެ މަސްރަހު ވަނީ ބަދަލުވެފައިކަން ފެންނަމުންދާ މަންޒަރުތަކުން ފެނެއެވެ. މިއަދު ފެންނަމުންދަނީ ދާދި އިހައްދުވަހު އުފެދުނު ވެލިދޫ ފިއުޗަރ ފައުންޑޭޝަން ގެ ފަރާތުން ވުޖޫދައްއައިސް ފުރަތަމަވެސް ވެލިދޫގައި ބޭއްވޭ އެންމެ ސަރަފއވެރި މުބާރާތް ކަމުގައި ވާ ފުޓުބޯޅަ މުބާރާތް އިސްނަގައިގެން ހިންގާގޮތަށް ނިންމުމެވެ. މިކަން މިހެން ނިމުނުދުވަހުންފެށިގެން ވަރަށްގިނަ ބައެއްގެ ބޮލުގައި ރިހެންފެށިއެވެ. އެއީ ވެލިދޫގައި ދެން އޮތް ޖަމްއިއްޔާގެ މީހުންނެވެ. ވެލިދޫގައި ގިނަދުވަސްތަކެއްވެ، ވެލިދޫގެ ޒުވާނުން އެދޭގޮތަށް މުބާރާތް ނުހިންގި ކަމެއް ކުރިޔަސް އެކަމެއްގެ އެންމެ އިންސާފުވެރިގޮތް އެއްކިބައިގައި ބޭއްވުމަށްފަހު ތިމާމެންނަށް ފައިދާހުރި ގޮތަށްކަންކުރަމުންއައި ބައެކެވެ.ނަމަވެސް މިއަދު ވީއެފް އެފް އިން ވަރަށްފުރިހަމައަށް ޖަމްއިއްޔާގެ ކަންކަމުގައި ޒުވާނުންގެ ހަރަކާތްތަށް ފެނުމުން މިހާރު ވެލިދޫގައި ކަންކަން ހިނގަންވެސް ފަށައިފިއެވެ. ކުރިޔަށްހުރި މުބާރާތްތަކުގައި އަންހެނުން ބައިވެރިކުރުވާ ރަށުގެ އެކި ސަރަހައްދުގައި ޑަސްބިން ބަހައްޓާ، މީހުންގެ ބޮލަށް ސަވާރުވެގެން އެކި އެކި މުބާރާތްތަކުގެ ކަންކަން ކުރުވާހަދަމުން އެބަ ގެންދެއެވެ. ނަމަވެސް ރައްޔިތުމީހާ ލޮލުގައި މިއަދު އނދުން އެޅުވިދާނެހެނެއް ހިޔެއް ނުވެއެވެ. ސަބަބަކަށްވަނީ މިއަދު ރައްޔިތުންތިބީ އެއަށްވުރެންބޮޑަށް ލޯ ހުޅުވިފައިކަމެވެ. އެގޮތުން މިއަދުގެ ހަވީރު ފެށިގެންމިދާ ފުޓުބޯޅަ މުބާރާތް އިންތިޒާމްކުރާ ވީއެފް އެފް އަށް އަދައްވުރެންފެހި މާދަމައަކަށްއެދެމެވެ. ތިޔަކުރަނީ ރައްޔިތުންނަށްޓަކައި ޖިހާދެކެވެ.