އިސްލާހު ވާނީ އިސްލާހައް މަސައްކަތް ކުރާ ބަޔަޔަކަށް

January 4, 2012 Leave a comment

އިސްލާހު ކުރުމުގެ ވާހަކަޔަކީ ސުކޫލު ދައުރުއްސުރެން ކޮންމެ ދިވެހި ރައްޔިތެއްގެ ކަންފަތުގައި ޖެހެމުން އަންނާނެ އަޑެކެވެ. އަދި ހަމަ އެހެންމެ މިހާރު މި ދިވެހި މުޖުތަމަޢުގައިވެސް އިވެމުން އަންނަ އަޑެކެވެ. ބަޔަކު ތަނަކައް އެއްވިޔަސް އެއްވަނީ ދީނީ ކަންކަން ގޯސްވެގެން އިސްލާހު ކުރާށެވެ. ނޫނީ ސަރުކާރުގެ ކަންކަން ހިނގާ ގޮތް ގޯސްވެގެން އިސްލާހު ކުރާށެވެ. މިހެން މި ކަންކަން ހިނގާއިރުވެސް އިސްލާހުވަނީ ކޮން ކަމެއް ބާވައެވެ. ދީީ ގޮތުން ކަންކަން ރަނގަޅުކުރުމައް ތިބި މީހުން ތިބީ އެ ކަންކަމުގައިވެސް ހައްދުފަހަނަ އަޅާފައެވެ(އިސްލާހައް މަސަކަތް ކުރާ މަދުބައެއް މެނުވީ.) މިހެން މި ދަންނަވަންޖެހުނީ ކަންކަމުގައި ހުދޫދާއި ހަމަޔާއި ލަމަޔާ އޮވެއެވެ. ހުދޫދުން ނެއްޓީމައި ދެއް އެއެޅީ ހައްދު ފަހަނައެވެ. މިހާރު ފެންނަމުންދާ މަންޒަރަކީ ދީނީ ކަމެއްގައި ގައުމުގު ވެރިޔާ ނުކިއްސަރު ގޮތަކަށް ބަހެއް ބުނެފި ކަމުގައި ވެއެޖެނަމަ އިދިކޮޅު ހުރިހާ މީހުންނަކީ އައްޝެއިހުންނެވެ. ގީއެސްޓީ ނުވަތަ އިކޮނޮމިކް ކަމަކާއި ބެހޭގޮތުން އެއްޗެއް ބުނެއްޖެނަމަ ދެންތިބި އެންމެން އިކޮނޮމިސްޓުންނަށް ބަދަލުވެއެވެ. ސިޔާސީ ކޮންމެ އިލެކްޝަނަކާއި ގުޅިގެން ދިވެހި ރައްޔިތުން ޕޮލިޓީޝަނުންނަށް ބަދަލުވެއެވެ. މިހެން ވުމުން އިސްލާހުގެ ބަދަލުގައި އުފެދޭނީ ފިތުނައެވެ. ކަމެއް ހިނގާގޮތްނޭގި ބުންޏޭ ބުންޏޭ ކިޔަިގެން އިވޭ ވާހަކަތައް އެއްފަރާތްކޮށް ލިބެންހުރި ިނަވަރަކުން ތިމާމެން އަމިއްލަޔަށް ކަންކަން ހިނގާ ނުހިނގާގޮތް ބަލާ އެއަށްފަހު އެކި އެކި ކަންކަމުގައި އިސްލާހަށް ނުކުންނާށެވެ. އަދި ހަމަ އެހެންމެ މިސަރުކާރައް ތާއީދު ކުރިކަމުގައި ވީނަމަވެސް މިސަރުކާރުގައިވެސް ރަނގަޅުނޫންގޮތުގައި ހިނގާ ކަންކަން ހުނަނާނެއެވެ. ސަބަބަކަށްވަނީ ސަރުކާރެއް ހިނަގުމުގައޔާއި އެހެނިހެން ހުރިހާ ކަމެއްގައިވެސް މަސައްކަތް ކުރަނީ އިންސާނުންކަމުގައިވާތީއެވެ. ނަމަވެސް އިންސާނުން ކުރާކަންކަމުގައި ހުންނަ ކުނޑި ފިލުވުނަށް ކޮންމެ ފަހަރަކު މުޒާހަރާއެއް އެތައްބައިވަރު ލާރިއެއް ހަރަދުކޮށްގެން ބޭއްވުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ރީތި އުސޫލަކީވެސް ހަމަ އިސްލާމްދީނުގައި އޮތް ކަމެކެވެ. ނަމަވެސް އެ ރީތި އުސޫލު ބޮލާލާ ޖަހާފައި އެކަމުގައި އޮތް އެންމެ އިސްރާފު އަދި ބޭކާރު ގޮތް ނަގައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. ވެރިކަމަކީ މާތް ރަސްކަލާނގެ އެކަލާނގެ އިހްތިޔާރުގައިވާ އިންސާނަކަށް އިމްތިހާނެއްގެ ގޮތުން ދެއްވާ އެއްޗެކެވެ. އެކަން އެމީހެއްގެ އަތުން ނެގުމުގެ އިހްތިޔާރުވެސް ވަނީ އެކަލާނގެ ހަޞްރަތުގައެވެ. އަދި އެ ވެރިކަން އެހެން އިންސާނަކަށް ދިނުންވެސް ވަނީ އެ ކަލާނގެ ހަޞްރަހުގައެވެ. ވެރިކަން ބޭނުމިއްޔާ ކެއްކޮއްލައިގެން މި ވެރިކަން ނިމެންދެން މަައިތިރިވާށެވެ. ހުހް

Categories: Uncategorized

Miaharuge scouting adhi girl guide ge huvaa aakuurumaai scout harakaai ninmumuge jalsaa

September 30, 2011 Leave a comment

Mirey 8:30 gai naec rihimaalam kurimatheegai onna hus bimugai scouting adhi girl guides adhi little maids ge kudhin little maid inn girl guide ah kudhin badhal kurin kuriyah gossi eve. Adhi scout kudhin nah 4th north camporee gai eki vana vana libunu kudhinnah certificate havaalukurunves kuriyah dhiyaeve. Adhi 2012 gai 5th north camporee onna thanehge gothugai velidhoo hamajehifaivaakan iulaan koh e camporeege badge aai shiaaru launch kurieve. Shiaarakee scouting a bridge to piece and life, miee eve.

Categories: Uncategorized

Fithuru eid aai gulhigen council idhaaraa adhi Club Still Red baahvaa oneday cup

August 30, 2011 Leave a comment

image

Madhuge hendhunu velidhoo nikagas dhashuga futsal one day cup ge namugai miadhaai gulhigen mubaaraatheh kuriya eba dhe eve. Mauloomaath libifaivaa gothugai jumla 11 team mi cup gai baiveri vi eve. Mi fahakah ais nikagas dhashugai taaf elhi fahun futsal mubaaraathaai haveeru foohi filuvumah gina zuvaanunthakeh kulheykan faahaga kureve eve. Miee zuvaanun vissi vihaalive nudhiumashaai futsal dhiruvaa aalaakurumah rangalhu kamekeve.

Categories: Uncategorized

މިއަހަރުވެސް ވީޑްސް ގުރުއާން މުބާރާތް

August 17, 2011 Leave a comment

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ރަމަޞާން މަހާއި ދިމާކޮށް ވީޑްސް އިން ގުރުއާން މުބާރާތް ބާއްވައިފިއެވެ. މިއަހަރުގެ މުބާރާތުގައި ކްލަބް ވެލިދޫ ފްރެންޑްސް އަދި ވިމްސީ ސޮޕޯޓްސް ކުލަބުން ވަނީ ބައިވެރިވެފައެވެ. އަހަރަކަށްވުރެން އަހަރެއް ފުރިހަމަވަމުން އަންނަ މި މުބާރާތުގެ އިނާމްދިނުން މާދަމާރޭ ނަހުޒާ ޕްރީސްކޫލުގައި ބާއްވާނެ ކަމަށް ވީޑްސް އިން މައުލޫމާތުދެއްވައިފައިވެއެވެ.

Categories: Uncategorized

ނެޓްބޯޅަ ޕްރެކްޓިސް

August 11, 2011 Leave a comment

ރަމަޞާން މަހަށްފަހު ވީޑްސް ގެ ފަރާތުން ބޭއްވުމަށް ހަމަޖައްސާފައިވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތަށް ވަރަށް ގިނަ ތައްޔާރީ ތަކެއް ޓީމްތަކުން ދަނީ ވަމުންނެވެ. އެގޮތުން މި ރަމަޞާން މަސް އައުމާއިގުޅިގެން ބައިވެރިވާ ހުރިހާ ކުލަބަކުން ވަނީ ލައިޓްޖަހާ ރޭގަނޑު ކުޅެވޭނޭ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން މިހާރު ޕްރެކްޓިސް ކުރަމުން ދާޓީމްތަކަކީ ހިއާލީ ސްޕޯޓްސް ކުލަބު، ކުލަބް ވެލިދޫ ފްރެންޑްސް، ވެލިދޫ ޔޫތް ކުލަބު އަދި މިސްޓްރިކް އެވެ. ނަމަވެސް ފާހަގަ ކޮއްލެވޭކަމަކީ ގިނަޓީމްތަކުން މި ރޯދަމަސް އައުމާއިގުޅިގެން ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ޕްރެކްޓިސް އަށް ބުރޫ އަރާ މަންޒަރެވެ. ނަމަވެސް މިއީ މިކަހަލަ ކަމެއް އަލަށް ކުރަން ޖެހުމުން ދިމާވާ މައްސަލަޔަކަށްވުން ގާތެވެ.ފ

Categories: Uncategorized

މިއަދުގެ މެޗު

މިއަދު ހިާލީ ސްޕޯޓްސް ކުލަބާއި ހިއާލީ ނިރު ބައްދަލުކުރިމެޗު 5-0 ގެ ނަތީޖާއަކުން ހިއާލީ ސްޕޯޓްސް ކުލަބު ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދުގެ މެޗުގެ ފޮޓޯތަށް http://www.facebook.com/pages/Hiaalie-Sports-Club/200410533324438?ref=ts#!/media/set/?set=a.230811073617717.66118.200410533324438

Categories: Uncategorized

ވެލިދޫގައި ގިނަ ކުލަބު ޖަމްއިއްޔާތަކެއް އުފެދުމުން ރައްޔިތުންނަށް ވާނީ ފައިދާއެވެ.

މިހާރު ވެލިދޫގެ މަސްރަހު ވަނީ ބަދަލުވެފައިކަން ފެންނަމުންދާ މަންޒަރުތަކުން ފެނެއެވެ. މިއަދު ފެންނަމުންދަނީ ދާދި އިހައްދުވަހު އުފެދުނު ވެލިދޫ ފިއުޗަރ ފައުންޑޭޝަން ގެ ފަރާތުން ވުޖޫދައްއައިސް ފުރަތަމަވެސް ވެލިދޫގައި ބޭއްވޭ އެންމެ ސަރަފއވެރި މުބާރާތް ކަމުގައި ވާ ފުޓުބޯޅަ މުބާރާތް އިސްނަގައިގެން ހިންގާގޮތަށް ނިންމުމެވެ. މިކަން މިހެން ނިމުނުދުވަހުންފެށިގެން ވަރަށްގިނަ ބައެއްގެ ބޮލުގައި ރިހެންފެށިއެވެ. އެއީ ވެލިދޫގައި ދެން އޮތް ޖަމްއިއްޔާގެ މީހުންނެވެ. ވެލިދޫގައި ގިނަދުވަސްތަކެއްވެ، ވެލިދޫގެ ޒުވާނުން އެދޭގޮތަށް މުބާރާތް ނުހިންގި ކަމެއް ކުރިޔަސް އެކަމެއްގެ އެންމެ އިންސާފުވެރިގޮތް އެއްކިބައިގައި ބޭއްވުމަށްފަހު ތިމާމެންނަށް ފައިދާހުރި ގޮތަށްކަންކުރަމުންއައި ބައެކެވެ.ނަމަވެސް މިއަދު ވީއެފް އެފް އިން ވަރަށްފުރިހަމައަށް ޖަމްއިއްޔާގެ ކަންކަމުގައި ޒުވާނުންގެ ހަރަކާތްތަށް ފެނުމުން މިހާރު ވެލިދޫގައި ކަންކަން ހިނގަންވެސް ފަށައިފިއެވެ. ކުރިޔަށްހުރި މުބާރާތްތަކުގައި އަންހެނުން ބައިވެރިކުރުވާ ރަށުގެ އެކި ސަރަހައްދުގައި ޑަސްބިން ބަހައްޓާ، މީހުންގެ ބޮލަށް ސަވާރުވެގެން އެކި އެކި މުބާރާތްތަކުގެ ކަންކަން ކުރުވާހަދަމުން އެބަ ގެންދެއެވެ. ނަމަވެސް ރައްޔިތުމީހާ ލޮލުގައި މިއަދު އނދުން އެޅުވިދާނެހެނެއް ހިޔެއް ނުވެއެވެ. ސަބަބަކަށްވަނީ މިއަދު ރައްޔިތުންތިބީ އެއަށްވުރެންބޮޑަށް ލޯ ހުޅުވިފައިކަމެވެ. އެގޮތުން މިއަދުގެ ހަވީރު ފެށިގެންމިދާ ފުޓުބޯޅަ މުބާރާތް އިންތިޒާމްކުރާ ވީއެފް އެފް އަށް އަދައްވުރެންފެހި މާދަމައަކަށްއެދެމެވެ. ތިޔަކުރަނީ ރައްޔިތުންނަށްޓަކައި ޖިހާދެކެވެ.

Categories: Uncategorized

އަޅުގަނޑުމެނަށް ދިމާވެގެން އުޅޭ ކުޑަ މައްސަލަޔަކާއިގުޅިގެން ސައިޓް އަޕްލޯޑިންގްވަނީ ކުޑަ ދުވަސްކޮޅަކަށް މެދުކެނޑިފައި

Categories: Uncategorized

މާތް ރަސްކަލާނގެ ދެއްވި ނިއުމަތަށް ސުކުރުކުރުމަކީ އޮތްކަމެކެވެ. އެއަށް ފުރަގަސްދީ ދާނީ ކޮނަތާކަށް؟؟

މާތްރަސްކަލާނގެ މިބިންމަތީ އިންސާނުންލެއްވީ ކަޅުމީހުނާއި ކުޅެދޭ މީހުނާއި ނުކުޅެދޭމީހުން ހިމެނޭ ގޮތުންނެވެ.ނަމަވެސްހިތާމަޔަކީ ދިވެހި ހަރުބަހެއްގައި އޮންނަގޮތަށް “ތިމާގެގައިގައި ގުދު އޮއްވާ އަނެކާއާއިދިމާލަށް ގުދޯ ގުދޯ ގޮމުންދުވުމޭ” ބުނެވޭބަަށްށެވެ. ތިމާގެ ދަރިންނަކީ ހާއްސަ އެހީއަށްބޭނުންވާ ނުވަތަ އެނޫންވެސް އެފަދަ ޞޭނުމަކަށް ބޭނުންވެފައިވާ ކުއްޖެއްކަމަށްވީހިނދު ތިމާގެ އަނެއް އަހާއާއިދިމާލަށް ތިޔައީ ދަރިންނުލިބޭމީހެކޭ ނުވަތަ ތިޔައީ ލޭއަޅާ ކުއްޖެނޭ ނުވަތަ ތިޔައީ ނުކުޅެދޭ ކުއްޖެކޭ ބުނެހަދާއިރު މި ހުރިހާ ކަމަކީވެސް މާތްﷲ ކޮންމެ އަޅަކަށްވެސް މިންވަރުކުރައްވާ ގޮތްކަމާއިމެދު ވިސްނާލަންވާނެއެވެ. ކުޅިވަރުގެ ފޯރީގައި ގޮސް ތިމާގެދުލުން ކުފުރު ގޮވޭއިރުވެސް ތިމާއަށް އެކަންނޭނގި ހުރުމަކީ ބިރުވެތިވާންވި ކަމެކެވެ. މުއްސަނދިކަމާއި ޖާހާ މަގާމަކީ މާޔްﷲ އެކަލާނގެ އަޅުން އިމްތިހާނުކުރުމަށްޓަކައި ެއްވާ ކަމެކެވެ. ނަމަވެސް އެ ފައިސާއާއި އެ މަގާމު ނުބައިގޮތުގައި ބޭނުންކުރާނަމަ އެކަން އެމީހެއްގެ އަތުންބީވުމަކީ ދާދި ފަސޭހަކަމެކެވެ. ތިމާޔަށް ދިމާވެފައިވާ ގޮތުން ތިމާގެ ލޭއަޅާ ދަރިފުޅަށް ލޭ ހޯދުމަށް މާދަމާ ތިމާ އެއްޗެތި ގޮވި މީހާގެ ކައިރިޔަށްވެސް ދާންޖެހިދާނެއެވެ. ބަހަލީ ތިމާގެ އަޅަކަށް ނުހަދާޝެވެ. ދުލުގެ މިނިވަންކަން ވަކި ހަމަތަކެއްގައި ހިފަހައްޓާށެވެ. ސުކޫލަށްގޮސް ދަރިފުޅަށް އިންޓާރވަލްދީފައި އައިސް ޖޯލިފަތިތަކުގަޔާއި ކަންމަތިތަކުގައި މީހުންގެ މަސް ނުކާށެވެ. ތމާގެ އާއިލާއަކީ ހީރޯ އާއިލާއެއްކަމުގއި ދެކުނަސް ތިޔަ އާއިލާއަކީ ޒީރޯ އާއިލާއަކާވެސް ވެދާނެކަމުގައި ދަންނަންވާނެއެވެ. މީހަކަށް ދަރިންލިބުމާއި ނުލިބުމަކީ އިންސާނުން ކުރާނޭ ކަމެއް ނޫނެވެ. އަދި ހަމައެހެންމެ ތިމާގެ ދަރިފުޅުގަޔަށް ލޭއަޅަންޖެހުންއެއީކީވެސް މި ނިކަމެތި އިންސާނުންގެ އަތްމަތީގައިވާކަމެއްނޫނެވެ. އެއީ އަޅަމެން ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ ވެރި އިލާހުގެ މިންވަރުފުޅެވެ. އެޔަށްޝޫކުރުނުކޮށް ފަސްދީދާނީ ކޮންތާކަށް ކާކުކައިރިޔަށްހެއްޔެ؟ އެޔަށް ފުރަގަސްދީ ނުރުހުންވިކަމުގައިވިޔަސް އެއީ އެކަން އޮތްގޮތްކަމުގައިދެކި އެއަށް ޝުކުރުކުރާށެވެ. ތިމާޔަށް ހުރިހާ މޮޅެއް ލިބުންއެދޭފަދައިން ތިމާގެ އަހާަޔަށްވެސް އެ މޮޅުލިބުމަށްއެދޭށެވެ. ނުވިސްނާ ދެކެވޭ ވާހަކައެއްގެ ސަބަބުން މުޅި މިބިން ފަސާދަވެ އެކަކާ އަނެކަކުޖެހި އެއްއާއިލާއާއި އަނެއްއާއިލާ ޖެހިދާނެއެވެ. ވިސްނާ ފިކުރުކުރާބަޔަކަށް އިބުރަތެއް ހާސިލްވާނެކަމަށް އުންމީދުކުރަމެވެ.ނ

Categories: Uncategorized

ނ.އ.ތ.މަރުކަޒު

May 26, 2011 1 comment

ނޫނު ވެލިދޫގައި ހުންނަ ނޫނު އަތޮޅު ތައުލީމީ މަރުކަޒަކީ 500އެއްހާ ދަރިވަރުން ކިޔަވަމުންގެންދާ ސުކޫލެކެވެ. އެގޮތުން މި ސުކޫލުގައި ކިޔވައިދެއްވަމުންދަނީ ދެ ދަންފަޅިޔަކަށް ބާހާލައިގެންނެވެ.އެއީ ހެނދުނުގެ ދަންފަޅިޔާއި މެންދުރުފަހުގެ ދަންފަޅިއެވެ. ދަންފަޅިތަކަކަށް ތަންުގެ ކިޔެވުން ބަހައި ޓީޗަރުން އޭސީ ކޮޓަރިތަކަށްލައި ހެދުމަކުން ތަނުގައި ދަރިވަރުންނަށް ދޭނެޖެހޭ ހިދުމަތެއް ނުވަތަ އެ ކުއްޖަކީ އިންސާނަކަށްވީތީ ދޭންޖެހޭ ހައްގުތަކެއް ހުންނާނެއެވެ. ނަމަވެސް ފެންނަމުން ދިޔަ ހަގީގަތަކީ ބައެއް މުދައްރިސުންނަކީ އެބައިމީހުންގެ އމިއްލަ ގޮތަގަނޑެއް ކިޔަވައިދިނުމުގެ އޮނިގަނޑުގައި ގެންގުޅޭ ބައެއްކަމެވެ. އެގޮތުން ފާހާނާޔަށް ދިޔުން މިއީ އޭގެތެރެއިން އެއް މައްސަލައެވެ. ބައެއް މުދައްރިސުންނަކީ އެމުދައްރިސްގެ ގަޑީގައި ބޭރަށް ފެންބޯން ނުވަތަ ފާހާނާ ކުރުމަށް ދިޔުން މަނާ ޕީރިއަޑްތަކެވެ.މިހެއް ހަދަންޖެހިފައިވަނީވެސް ސަބަބުތަކެއް އޭގައި އެކުލެވޭތީއެވެ. އެގޮތުން ބައެއްކުދިން ފާހާނާޔަށް ގޮސް މާބޮޑަށް ލަސްވުމާއި ފާހާނާޔަށް ދާން ނުޖެހުނަސް ބޭރަށް ނިކުތުމަށް ބޭނުންވެގެން ފާހާނާޔަށް ދިޔުން ހިމެނެއެވެ. ނަމަވެސް ގަވާއިދުތަށް ފަރުމާ ކުރުމުގައި ތަންކޮޅެއް ރަނގަޅު އުސޫލް ތަށް ގެންގުޅެވިދާނެއެވެ. ކުރީގައި ނޫނުއަތޮޅު ތައުލީމީ މަރުކަޒުގައި ކަންކޮށްފައިވަނީ ވަރަށްވެސް އިހާނެތި ގޮތް ގޮތަށްށެވެ. އޭގެތެރޭގައި އިންސާނިއްޔަތާއި ހިލާފު އެތަށްކަމެއް ކޮށްފައިވެއެވެ.  ބައެއްކުދިން ގަސްގަހުން ގޮބު ބިނުމުން ޖެހިގެންއަންނަ ދުވަހު އެކުދިންގެ ބޮލަށް ފެންއަޅާ ކަޅު ބާލިދީ އެއްވައްދާ، އެހެން ކުއަޖްކު ލައްވާ 555ގެ 3ބުރި ބެޓެރިން އެ ބާލިދީގައި ތެޅުމާއި، ކަރުގައި ހުން އުނބުފަތި އަޅުވައިގެން ކުދިން ހިންގުމާ، ކަނޑުއަވީގައި ކުދިންގެ އަތަށް އެޅިގާ އަރުވައިގެން އެތަށް ގަޑިއިރެއްވަންދެން ބޭތިއްބުންފަދަ ބޭއިންސާނީ އަމަލުތަށްވަނީ އޭރުވެސް މިހާރުވެސް ތިބި ބައެއް މީޙުން ހިންގާފައެވެ. މިގޮތުން މިވާހަކަތަށް ކިޔައިދެއްވި ފަރާތް އަދިވެސް ދުނިޔޭގައި ގަދަވެ ސަލާމަތުންއެބަހުއްޓެވެ. އެވަގުތު އެ ވާހަކަތަށް ކިޔައިދެމުން ދިޔައިރު އަޅުގަނޑުމެނަށް ސިފަވެގެން ދިޔައީ ގުއެންޓަނާމޯބޭ ޖަލެވެ. ނަމަވެސް މިއަދު އެބޭބޭފުޅުން އަދިވެސް ނޫނުއަތޮޅު ތައުލީމީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާކަމީ އަޅޫގަނޑުމެން ހިތާމަކުރާ ކަމެކެވެ. މިަފަދަ ބައެއްލައިގެން ހިންގާ ސުކޫލެއްގެ ހާލަތު ހުންނާނެގޮތް ކިޔުންތެރިން އިންސާފުކޮށްލައްވާށެވެ. މިފަހަކުންވެސް ވެހޭ ވިއްސާރައިގައި ދަރިވަރުންތަކެއްވަނީ ބޭރަށްނެރެ ބިންމަތީގައި އެތަށް އިރަކު ބައިތިއްބާފައެވެ. އަދި ލިމިޓެޑް ކަރިކިއުލްމގެ ކުދިންތަކެއްވަނީ އިންޓާރވަލްއަށް ނުފޮނުވާ އެތަށް އިރަކު ބައިތިއްބާފައެވެ. ހަމަޖެހިފައިވައި  އުސޫލުން ލިމިޓެޑް ކަރިކިއުލަމްގެ ކުދިން އިންޓާރވަލްއަށް ދާނީ އެހެން ކުދިން އިންޓަރ ވަލް އަށް ގޮއްސަ އައިސް ފުރަތަމަ ގަޑީގެ ރަނގަބީލި ޖެހުމުންނެވެ. ނަމަވެސް ލިމިޓެޑް ކުދިން ފިލާވަޅު ނުނިންމާ ނަމުގައި އެތަށްއިރަކު ބައިތިއްބާ، ބޯނެ ފެންފޮދެއް ދިނުމަށްވެސް ވަނީ ހުއްދަ ނުދީފައެވެ. މިހެން މިކަންކަން ހުރިއިރު މާދަމާގެ ޒުވާނުންނަށްވާންތިބި ދަރިވަރުންނަށް ހިތުހުރިހާަގޮތެއް ހެދޭނެކަމަށް ހީކޮށް އެއްވެސް ކަމެއް ނުހިންގުމަށް ގޮވާލަމެވެ. އަދި ކުރިޔަށް މިހުރި ދުވަސްތަކުގައި އިހު ހިނގިގޮތަށް ކަން ހިނގާނަމަ އަނެއްކާވެސް ސްކޫލު ބަންދުކުރަންޖެހިދާނެ ކަމުގައި ހަނދުމަކޮށް އަރުވަމެވެ.ޗޗ

Categories: Uncategorized
Follow

Get every new post delivered to your Inbox.